Sunday, June 7, 2009

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ ބާރު ކަންޑުވާލުމަށް ޤާނޫނު ހަދާމަޖްލިސްގައި ތިބި ޑީ،އާރު،ޕީ އަށް ނިސްބަތްވާ ބަޔަކު މަސައްކަތް ކުރަމުން އެދަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ ބާރުކަނޑުވާލުމަށްނޫން އިތުރު އެއްވެސް ކަމެއްނޫނެވެ. އަސާސީ ގައި ވެރިކަން ހިންގުމުގެ ބާރުކަމަށް ބުނެފައިވަނީ ސަރުކާރު ހިންގާ ފަރާތަށެވެ. ނުވަތަ ރައީސުލް ޖުމްހޫރިއްޔާއަށެވެ. ނަމަވެސް ޑީ،އާރު،ޕީގެ ބައެއް މެމްބަރުންނާއި އެޕާޓީއައް ތާޢީދުކުރާ ޕާޓިއަކަށް ނިބަތްވެ ވަޑައިނުގަންނަވާ މެމްބަރުން މިމަސައްކަތް ކުރަނީ ރައީސުލް ޖުމްހޫރިއްޔާގެ ބާރުކަނޑާލާ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ހިލާފަށެވެ. މިބައިމީހުންނަށް (ޑީ،އާރު،ޕީގެ) ވަކިބަޔަކަށް ދެނިޒާމް އެއްކޮށްލައިގެންނޫންގޮތަކަށް ކަންކަން ކުރަން ދަސްވެފައިނެތްކަން މިފަދަ ކަންކަމުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. މުޙައްމަދު ނަޝީދު ނުވަތަ އާންމުކޮށް މީހުންކިޔާގޮތައްނަމަ ކުއްޓި ނަޝީދުގެ ޢިލްމީ ފެންވަރާމެދު އެބަ ސުވާލުއުފެދެއެވެ. ފަހަރުގައި މިބޭފުޅާވެސް މީ އެހެން ވިޔާނުދާކުދިން ކިޔަވަން އުޅުނުއިރު އަމަލްތަށް ބެހައްޓާގޮތަށް ކުލަބުތަކާއި ޑިސްކޯތަކަށްގޮސްގެން ތާކުންތާކުނުޖެހޭ ސެޓްފިކެޓެއް ހިއްޕަވައިގެން ވަޑައިގެން ހުންނެވި ބޭފުޅެއްނޫންބާއޭވެސް ހިތައްއަރައެވެ. އެހެންޏާފަހެ މިއޮފަދަ ޑިމޮކްރަސީގެ ޒަމާނުގައވެސް މިމީހުން ކަންކުރަން މިއުޅެނީ ވަކިބަޔަކު ސަލާމަތްކޮށް ވަކިބަޔަކަށް ކަންކަންކޮށްދިނުމުގެ ބޭނުމުގައިވިއްޔާއެވެ. ހަޤީގަތުގައިވެސް މިބޭފުޅާއަކީ ޤާނޫނީއެއްވެސް ޢިލްމެއްލިބިފައިވާ ބޭފުޅެއްނޫނެވެ. އެހެނީ އަޅުގަނޑުގެ ކިބައިން މިބޭފުޅާވަނީ ޤާނޫނީ ލަފާ ހޯއްދަވާފައެވެ. އެއީ މިބޭފުޅާ ރިފޯމްމިނިސްޓަރަކަށް ހުންނެވިއިރުއެވެ. އެހެންކަމުން އަޅުގަނޑަށް މިބޭފުޅާގެ ޢިލްމީ ޤާބިލްކަމާމެދު ޝައްކު އުފެދެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު ބައެއް ފަހުން ގެނެސްދޭނެވާހަ ދަންނަވަމުން ކުރުކޮށްލަމެވެ. ޝުކުރިއްޔާ

No comments: